މުޙައްމަދު މުޝްރިފް ވަގުތުން ދޫކޮށްލުމަށް ގޮވާލުން

އަބްދުﷲ ޔާމިންގެ ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހުންނެވުމަށްފަހު، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިސްތިއުފާ ދެއްވި މުޙައްމަދު މުޝްރިފް ރޭގައި ފުލުހުން ހައްޔަރު ކޮށްފައިވާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުއްވެރިކުރަމެވެ.
މުޙައްމަދު މުޝްރިފް ހައްޔަރު ކޮށްފައިވަނީ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހްތިޖާޖްގެ ތެރެއިން ޓާރގެޓްކޮށް ހައްޔަރުކުރަމުން ގެންދާ ގެންދިއުމުގެ ތެރެއިންކަން ފާހަގަ ކުރަމެވެ.
މުޙައްމަދު މުޝްރިފު ވަގުތުން މިނިވަން ކުރުމަށާއި ސުލްހަވެރި މުޒާހަރާ ކުރުމަށް ޤާނޫން އަސާސީގައިވާ ގޮތުގެ މަތިން ފުރުސަތު ދިނުމަށް މިޕާޓީން ސަރުކާރަށް ގޮވާލަމެވެ.
8 އޭޕްރިލް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް