ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ 100 ޑައިވަރުންގެ އިހްތިޖާޖް

CB4e43tUsAE10XD

ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވަލައި 100 ޑައިވަރުން ފީނުމުގެ ހަރަކާތެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ޑައިވަރުންތަކެއް އިސްނަގައިގެން ބާއްވާ “ފްރީ ކުލައިމެޓް ހީރޯ 100 ޑައިވަރުން 100 ދިދަ” އާއެކު، ފީނުން އިންނާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ މިހަރަކާތުގައި އިސްނަގައިގެން އުޅެނީ ދިވެހި މަޝްހޫރު ޑައިވަރުންތަކެކެވެ.
މިހަރަކާތުގައި ސާފެސް ބެލޫނު ތަކެއް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބައިވެރިން ބައިވެރި ވާނެކަމަށް އެ ޓީމުން ބުނެއެވެ.

އެހަރަކާތުގުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން “ފުރީ ރައީސް ނަޝީދު ޑޮޓް ކޮމް” ގައިވާ އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ފޯމް އަޕްލޯޑް ކުރުމަށް އިވެންޓް އިންތިޒާމް ކުރާ ފަރާތުން ވަނީއެދިފައެވެ.