ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރާއި ރައީސް ނަޝީދުގެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ މައްޗަށް އަބުރުގެ ދަޢުވާ ކުރައްވަން ރައީސް ނަޝީދު ނިންމަވައިފި

2015 މާޗް 23 ވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ ނޫސްބަޔާނުގައި ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނު ކޯޓުގައި ދެއްކެވި ވާހަކަތައް ތަފްޞީލުކޮށްދޭ ބަޔާނުގައި ސޮއިކުރައްވާން އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. މިއީ ކްރިމިނަލް ކޯޓްއިން ޙާޤީޤަތާއި ޚިިލާފަށް ދައްކަވާފައިވާ ވާހަކައެކެވެ

މި މައްސަލައިގެ ފުރަތަމަ ދުވަހުގެ ޝަރިއްޔަތުގެ އަޑުއެހުމަށްފަހުގައި، ރައީސް މުޙައްމަދު ނަޝީދު އެދުވަހު ކޯޓްގައި ދެއްކެވި ވާހަކަފުޅުތައް ކަމަށް ބުނެ އުފައްދާފައިވާ ލިޔުމެއް ރައީސް މުޙައްމަދު ނަޝީދުއަށް ދެއްކެވިއެވެ. އެދުވަހު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެލިޔުމަކީ އެމަނިކުފާނު އެދުވަހު ކޯޓްގައި ދެއްކެވި ވާހަކަތަށް ބަޔާންކުރާ ލިޔުމެއް ނޫންކަމަށެވެ. އެމަނިކުފާނު ކޯޓުގައި ދެއްކެވި ވާހަކަތަށް ހިމަނާ، އެލިޔުން އިޞްލާޙްކޮށްދެއްވުމަށް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތެވެ. މިއަދާ ހަމައަށްވެސް ކްރިމިނަލް ކޯޓް އިންވަނީ އެކަން އެގޮތަށް ނުކުރައްވައެވެ.

2015 މާޗް 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ފަރާތުން އެމަނިކުފާން ލައްވާ ލިޔުމެއްގައި ސޮއި ކުރުވާން މަސައްކަތްކުރެއްވިއެވެ. އެދުވަހު، ކޯޓުގެ އޮފިޝަލުން އަރިހުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި، އެމަނިކުފާނު ބަޔާނުގައި ސޮއި ކުރެއްވުމުގެ އެއްވެސް ކަމެއް ކުރައްވާނީ، އެމަނިކުފާނުގެ ވަކީލުންގެ ޙާޒިރުގައި ކަމަށެވެ.

އަޅުގަނޑުމެންގެ މުވައްކިލު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވެވީ 13 މާރޗް 2015 ވީ ހުކުރު ދުވަހުގެ ރެއެވެ. ވިދިގެން އައި 15 މާރޗް 2015 ވީ އާދިއްތަ ދުވަހު، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވުނު މިޙުކުމާއި ގުޅޭ ޝަރިއްޔަތް ނިންމުނުގޮތުގެ ރިޕޯރޓް ހޯދުމަށް، އަލުގަނޑުމެން ކްރިމިނަލް ކޯޓްގައި ލިޔުމުން ދެންނެވީމެވެ. މިއަދާ ހަމައަށްވެސް އަޅުގަނޑުމެންނަށް އެރިޕޯރޓް ލިބިފަކާއެއްނުވެއެވެ. އެރިޕޯރޓް އަޅުގަނޑުމެންނަށް ނުދެއްވިވަނީ، ރައީސް މުޙައްމަދު ނަޝީދު މިރިޕޯރޓްގައި ސޮއި ކުރައްވާފައިނުވާތީ ކަމުގައި ކްރިމިނަލް ކޯޓް އިން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް، އެރިޕޯރޓްގައި ހިމަނަންޖެހޭ، ބަޔާންތަކުގައި ރައީސް މުޙައްމަދު ނަޝީދު ލައްވާ ސޮއިކުރުމަށް، އެކޯޓުން މަސައްކަތް ކުރައްވާފައެއްނުވެއެވެ. ކަންތައްތައް މިދެންނެވިމަގުން، ހިގާފައިވަނިކޮށް، 26 މާރޗް 2015 ވީ ބުރާސްފަތި ދުވަހުގެރޭ، ކްރިމިނަލް ކޯޓްއިން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު އެކޯޓްގެ ބަޔާންތަކުގައި ސޮއި ކުރައްވައިފިކަމަށެވެ. އެހެންކަމުން ޝަރިއްޔަތް ނިމުނުގޮތުގެ ރިޕޯރޓް ރައްދުކޮށްދެއްވާނެކަމަށެވެ. 26 މާރޗް 2015 ވީ ބުރާސްފަތި ދުވަހުގެރޭ ކްރިމިނަލް ކޯޓް އިން އަނެއްކާވެސް ހައްދަވާފައިއެވަނީ ކަނޑައެޅިގެން އިތުރުފުޅެވެ. އިސްވެދެންނެވުނު 2 ފަހަރު ފިޔަވާ އެހެންއެއްވެސް އިރެއްގައި އެމަނިކުފާނުގެ ބަޔާންތަކުގައި ސޮއިކުރެއްވުމަށް ކްރިމިނަލް ކޯޓް އިން އެއްވެސް މަސައްކަތެއް ކުރައްވާފަައެއްނުވެއެވެ. ވީމާ، ކްރިމިނަލް ކޯޓް ގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު އާއި ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ މައްސަލަ، އަބުރުގެ ދަޢުވާއެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް އެދި މަދަނީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ރައީސް ނަޝީދު ނިންމަވައިފިއެވެ.