ރާއްޖޭގެ ހާލަތު ސާފުކޮށްދޭން އެމްޑީޕީގެ އިސް ވަފުދެއް ޔޫރަޕަށް ފުރައިފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތާއި، އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީގެ ވަފުދެއް ޔޫރަޕަށް ފުރައިފި އެވެ.އެމްޑީޕީގެ ވަފުދު ޔޫރަޕަށް ކުރާ ދަތުރުގައި ފުރުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ދަތުރުގައި ފްރާންސާއި، އިނގިރޭސިވިލާތާއި، ޑެންމާކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ އިސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޔޫރަޕަށް ވަޑައިގަންނަވާ ވަފުދުގައި ހިމެނެނީ ކުރީގެ ޚާރިޖީ ވަޒީރު އަހްމަދު ނަސީމު، ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ، ކުރީގެ ހައުސިންގ މިނިސްޓަރު އަހުމަދު އަސްލަމު، އަދި އެމްޑީޕީގެ ފުނަދޫ ދާއިރާގެ ރައީސް އުމަރު ރައްޒާގު އެވެ.