އަސާސީ ހައްގެއް ނިގުޅައިގަނެވިފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން އަށް

B_4zWwfUgAA7SCs

ދިވެހި ރާއްޖޭގެ ޖުމްހޫރިއަޔާގެ ޤާނޫން އަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދެވިފައިވާ އެއްވެ އުޅުމުގެ ހައްގު ގިނަ ރައްޔިތުންތަކެއްގެ ކިބައިން ނިގުޅައިގަންނަމުންދާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރއެޓިކް ޕާޓީގެ ފަރާތުން މިއަދު ދުސްތޫރީ މައްސަލައެއް އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޝަންއަށް ހުށަހަޅައިފިއެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ގިނަ ރައްޔިތުންތަކެއް މިހާރު ދިވެހި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް ވަކި މުއްދަތެއް ވަންދެން އެއްވެ އުޅުމުގެ ހައްޤުގެ ބޭނުން ނުހިފޭގޮތަށް ޝަރުތުކުރުމަށްފަހު ދޫކޮށްލައެވެ. ނަމަވެސް އެއްވެ އުޅުމުގެ މިނިވަން ކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ އަސާސީ ހައްގެކެވެ. މި ހައްގު ހޯދުމަށް ގިނަ އަދަދެއްގެ ރައްޔިތުން މިއަދު އިންސާނީ ހައްޤުތަކާއިބެހޭ ކޮމިޝަންއަށް ސިޓީއެއް ހުށަހަޅައިފިއެވެ.