ޞުލްޙަވެރި މުޒާހަރާތަކުން މަޖިލީހުގެ ކުރީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުއާއި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުގެ ނައިބު ރައީސާ ފުލުހުންގެ ހައްޔަރުކޮށް ގިނަ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލޭގޮތަށް އަމަލުތައް ބެހެއްޓުން ހުއްޓާލުމަށް ގޮވާލުން.

ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި އެމް.ޑީ.ޕީ އިން ކަނޑުގައި ދޯނި ފަހަރުގައި ކުރި ޞުލްޙަވެރި މުޒާހަރާގެ ތެރެއިން ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދުއާއި އެ އުޅަނދުގައި އޭރު އެ ޞުލްޙަވެރި މުޒާހަރާގައި ބައިވެރިވި މެމްބަރުން ހައްޔަރުކުރި ކުރުން މި ޕާޓީއިން ކުށްވެރިކުރަމެވެ.
އަދި މީގެ އިތުރުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ ޙައްޤު ޤާނޫނުއަސާސީއާ ޚިލާފަށް ކްރިމިނަލް ކޯޓުން ހިނިކޮށް 60 ދުވަސް ވަންދެން އެ މިނިވަންކަން ބޭނުންނުކުރެވޭ ގޮތަށް ޝަރުޠުކޮށް މިނިވަންކޮށްފައިވާ މި ޕާޓީގެ އަންހެނުންގެ ރޫޙުގެ ނައިބު ރައީސާ މުޒާހަރާއާ ދުރުގައި މަގުމަތީގައި ހުންނަވަނިކޮށް މުޒާހަރާގައި ބައިވެރިވީކަމަށް ބަލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކަންވެސް މި ޕާޓީން ކުށްވެރިކުރަމެވެ.
އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. މި ޕާޓީގެ ފަރާތުން ރައީސް ނަޝީދުގެ މައްޗަށް ހިންގާ ބޭއިންޞާފު ޝަރީޢަތާއި އެ ޝަރީޢަތާއި ގުޅިގެން ބަންދުކުރެވިފައިވާ ކުރުމުން މިނިވަންކުރުމަށް ގޮވާލައި ހިންގަމުންދާ ޞުލްޙަވެރި އެއްވެމުގެ ތެރެއިން ހައްޔަރުކުރެވޭ މީހުންނަށް ކްރިމިނަލް ކޯޓުން އެއްވެ އުޅުމާއި ޞުލްޙަވެރި އެއްވުމުގެ ޙައްޤު 60 ދުވަސްވަންދެން ބޭނުންނުކުރެވޭ ގޮތަށް ޝަރުޠުކޮށް ދޫކުރާ ކުރުމަކީ ސީދާ ޤާނޫނުއަސާސީއާ ޚިލާފަށް ޑިމޮކްރެޓިކް ހަމަތަކުން ބޭރުން ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ސަރުކާރުން މިނިވަންކަމަށް އަރައިގަތުމަށް ކުރެވޭ ކަމެކެވެ.
ވީމާ، ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ ސިލްސިލާކޮށް މި ޕާޓީން ބާއްވަމުންދާ ޞުލްޙަވެރި ޙަރަކާތްތަކުން ހައްޔަރުކުރެވިފައިވާ އެންމެހައި ފަރާތްތައް ދޫކޮށްލުމަށް މި ޕާޓީއިން ގޮވާލަމެވެ.