އެމް.ޑީ.ޕީގެ އިސްވެރިން އަމާޒުފަތްގަނޑަކަށް ހަދައިގެން ހައްޔަރުކުރަމުންދާދިއުން ވަގުތުން ހުއްޓާލާ

medium_47977

ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ވަންދެން ކުރިއަށްގެންދާ ތަފާތު ހަރަކާތުގެ ތެރެއިން މިރޭ ކުރިއަށްދާ އިންޒާރުގެ މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ވަނީ ނުހަނު ބޮޑަށް ބާރުގެ ކޮށްފައެވެ. މުޒާހަރާގެ ބައިވެރިންގެ ލޮލަށް ޕެޕާރ ސްޕްރޭޖަހާް ކަރުނަގޭސްވެސް ވަނީ ބޭނުންކޮށްފައެވެ. މުޒާހަރާ ލީޑްކުރައްވަން ހުއްނެވި އެމް.ޑީ.ޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒްގެ އިތުރުން 14 މީހަކު މިހާތަނަށް ވަނީ ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފައެވެ.
ދިވެހި ރައްޔިތުންނަށް ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫން އަސާސީން ލިބިގެން ވީހިނދު ހައްޔަރީން ކޯޓަށް ހާޒިރުކުރުމަށްފަހު ދޫކޮށްލަނީ ގިނަ ފަހަރު 2 މަސް ދުވަސް މުޒާހަރާތަކުން ދުރުގައި ހުރުމަށް ޝަރުތުކޮށްފައެވެ. މިފަދަ ޝަރުތުތަކަކީ ދިވެހި ރައްޔިތުންނަށް ދިވެހި ރާއްޖޭގެ ޤާނޫން އަސާސީން ލިބިދީފައިވާ އަސާސީ މިނިވަންކަމުގެ މައްޗަށް ނަހަމަ ގޮތުގައި ސަރުކާރާއި ސަލާމަތީ ބަރުތަކުގެ އިތުރުން ފަނޑިޔާރުގެއިން އަރައިގަނެ އަސާސީ ހައްގެއް ރައްޔިތުންގެ ކިބައިން ނިގުޅައިގަުމެވެ.
މިރޭގެ މުޒާހަރާވެސް ފެށިގެން ދިޔައީ ސުލްހަވެރިކަމާއި ޤާނޫނީ އިމުގެ ތެރޭން ނަމަވެސް ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ގިނަ ބަޔަކު ހައްޔަރުކޮށް މިރޭގެ މުޒާހަރާ ރޫޅާލުމަށްވަނީ އެތައްފަހަރަކު މަސައްކަތްކޮށް ގިނަ ރައްޔިތުންތަކަކަށް ނަފްސާނީ އަދި އެކިވަރުގެ ހާނިއްކަ ވާފަދަ ގޮތަކަށް އަމަލުތައް ބަހައްޓާފައެވެ.