6 މާރޗް 2015 ވާ ހުކުރު ދުވަހުގެ ރޭ އޮންނަ “އިންޒާރު” ގެ މުޒާހަރާގައި ގިނަ ރައްޔިތުން ބައިވެރިވުމަށް ގޮވާލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ނާއިންސާފުން ދަޢުވާކޮށް އެމަނިކުފާނު ޖަލުގައި ޙައްޔަރުކޮށްގެން އަނިޔާވެރިވަމުންދާތީ އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށާއި އަދި ސިޔާސީ އެހެނިހެން ހައްޔަރީން ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައިމި ޕާރޓީން އިންތިޒާމްކޮށްގެން ބާއްވާ “އިންޒާރު” ގެ މުޒާހަރާ6 މާރޗް 2015 ވާ ހުކުރު ދުވަހުގެ ރޭ އޮންނާނެއެވެ. މި މުޒާހަރާ ފެށޭނީ މާލޭގައި ހުކުރު ދުވަހުގެ ރޭ 9:00 ޖަހާއިރު އުސްފަސްގަނޑު ސަރަޙައްދުންނެވެ.

ރައިސް ނަޝީދާއި އަދި ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް ގޮވާލައި މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި ބޭއްވި އާދަޔާ ޚިލާފު ބޮޑު މުޒާހަރާއަށްފަހުގައި ހުކުރު ދުވަހުގެ ރޭ ބާއްވާ “އިންޒާރު” ގެ މި މުޒާހަރާ ގައިވެސްވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އެދި ދެންނެވީމެވެ.

5 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް