ހުކުމެއް ނެރުނަސް ރައީސް ނަޝީދުގެ ކެނޑިޑޭސީ ދުއްވައެއް ނުލެވޭނެ

medium_48064

ރައީސް ނަޝީދުގެ މައްޗަށް މިހާރު ކުރެވުމުންދާ ޝަރީއަތަކީ އިންސާފްވެރި ޝަރީއަތެއްކަމަށް ރައްޔިތުން ގަބޫލުނުކުރާކަމަށާއި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ހުކުމް ކުރިނަމަވެސް އެމަނިކުފާނުގެ ކެނޑިޑޭސީ ބާތިލު ނުކުރެވޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިވަގުތު އެބޭފުޅުން ހުކުމެއް ނެރެގެން ކެނޑިޑޭސީ ދުއްވާލިނަމަވެސް، އަޅުގަނޑުމެން އެމްޑީޕީން ގަބޫލެއް ނުކުރަން ރައީސްގެ ކެނޑިޑޭސީ ގެއްލޭނެކަމަކަށް ނުވަތަ ގެއްލިއްޖެކަމަކަށްވެސް. އެނގިވަޑައިގަންނަވާނެ ކޯޓުތަކުން ނިންމާ ނިންމުތައް ރިވިއުވެސް ކުރެވޭ” އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އެމްޑީޕީން މިވަގުތު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ އަނިޔާވެރިކަމުން ރައީސް ނަޝީދު މިނިވަންކުރުން ކަމަށެވެ. އަދި އެކަމުގައި ޕާޓީގެ މެންބަރުންނަށް ބައިވެރިވެވެން އޮތް މިންވަރަކުން ބައިވެރިވުމަށްވެސް އަލީ ވަހީދު ގޮވާލެއްވިއެވެ.