ޔޫ.އެސް ޗާރޖް ޑީ އެފެއާރސް މިސްޓަރ އެންޑްރިއު މަން އެމް.ޑީ.ޕީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ޔޫ.އެސް ޗާރޖް ޑީ އެފެއާރސް މިސްޓަރ އެންޑްރިއު މަން އެމް.ޑީ.ޕީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ހަވީރު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ޔޫ.އެސް ޗާރޖް ޑީ އެފެއާރސް މިސްޓަރ އެންޑްރިއު މަން އަށް ޕާޓީގެ އޮފީހުން މަރުހަބާ ދެންނެވީ ޕާޓީގެ ޗެއާރޕާރސަންގެ ނައިބު އަލީ ޝިޔާމް އާއި ބައިނަލް އަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ މުޤައްރިރު އަބްދުﷲ ޝާހިދުގެ އިތުރުން ބައިންލްއަޤްވާމީ ގުޅުންތަކާއިބެހޭ ކޮމެޓީގެ މެމްބަރުން ކަމުގައިވާ މާރިޔާ ދީދީ، ތަސްމީން އަލީގެ އިތުރުން އީވާ އަބްދުﷲއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ރައީސް ނަޝީދު ހައްޔަރުކޮށްފައިވާ މިދަނޑިވަޅުގައި ބައިނަލްއަޤްވާމީ ދުނިޔޭގެ ގިނަ ވެރިންނާއި ގަޢުމުތަކުގެ ފިއްތުންތައް ދިވެހި ސަރުކާރަށް ދަނީ ކުރިމަތިވަމުންނެވެ.