ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ، ހިތުގެ އާލާސްކަންފުޅާ އައިޖީއެމްއެޗްގެ އައިސީޔޫގައި ރޭ އެޑްމިޓްކުރައްވައިފިއެވެ.

0_1345718352untitled5_news

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ، ހިތުގެ ޓެސްޓްތަކެއް ހެދުމަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ރޭ އެޑްމިޓްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގައި، އެމްއެންޑީއެފްގެ މާލޭ އޭރިޔާ ކޮމާންޑަރަކަށް އޭރު ހުންނެވި ދީދީގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ މިދިޔަ ހަފުތާގައި ކޮށްފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ދަނީ ކުރިއަށެވެ.
3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ނުހަނު ބިރުކުޑަކަމާއި ހިއްވަރުގަދަ ކުރައްވާ ބާޢީނާއި ކުރިމަތިލައްވާ ފުރާނައިން ދިވެހި ޤައުމަށް ފިދާވުމަށް ބްރިގޭޑިއަރ ގެނެރަލް ދީދީ ވަނީ އެދުވަހު ފަސްޖެހުމެއްނެތި ނިކުއްނަވަފައެވެ.
އިބްރާހިމް ދީދީގެ މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކުރެވިފައެވެ. އަދި އެޑްމިޓްކުރެވިފައިވަނީ 6ގަޑިން 6ގަޑިން ކޮންމެހެން ހަދަންޖެހޭ ޓެސްޓްތަކެއް ހެދުމަށެވެ. އިބްރާހިމް ދީދީ އަށް 1994ވަނަ އަހަރު ވަނީ ސްޓްރޯކެއް ޖެހިވަޑައިގެންފައެވެ.