ރައީސް ނަޝީދު އާއި ބައްދަލު ކުރެއްވުމަށް އެމް.ޑީ.ޕީގެ ލީޑާރޝިޕްގެ ބޭފުޅުން ދޫނިދޫއަށް ވަޑައިގެންފި

unnamed

މިއަދުގެ މެނދުރު 13:30ގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒް، ޗެއަރޕާރސަން އަލީވަހީދު އަދި ޕާރލިމެނޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ސޯލިހް ދޫނިދޫއަށް ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް ވަޑައިގެންނެވިއެވެ.
ރައީސް މުޙައްމަދު ނަޝީދު ހައްޔަރު ކުރެއްވުމާއި ގުޅިގެން މާލޭގެ އެކި ހިސާބުތަކުގައި ދަނީ ރައްޔިތުން ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ނުރުހުން ފާޅު ކުރަމުންނެވެ. ދިވެހި ގިނަ ރައްޔިތުންގެ އެދެމުން ދަނީ ރައީސް ނަޝީދު ދޫކޮށްލެއްވުމެވެ. އިއްޔެ ހަވީރު ރައީސް ކޯޓައް ގެންދެވުނު ވަގުތު ރައީސް ނަޝީދަށް ފުލުހުން ވަނީ ބޭ އަދަބީކޮށް ވާހަކަ ދައްކާ ނުހަނު އަނިޔާވާފަދަ ގޮތަކަށް ކޯޓަށް ވައްދާފައެވެ.