އެމް.ޑީ.ޕީގެ ލީޑާރޝިޕްއިން ބްރިޓިޝް ހައިކޮމިޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

unnamed

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑާރޝިޕްގެ ބޭފުޅުންނާއި ބްރިޓިޝް ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް ޕްރޮޖެކްޓްސް ޓާސްކް ފޯސް، (އެފް ސީ އޯ) ތޯޑަރ އެބޮޓް ވަޓް އާއި މެރިއޭން ކަލޫރް ސެކަންޑް ސެކްރެޓަރީ އޮފް ބްރިޓިޝް ހައި ކޮމިޝަން ބައްދަލު ކުރައްވައިފިއެވެ. އެމް.ޑީ.ޕީގެ ފަރާތުން ބްރިޓިޝް ހައިކޮމިޝަންގެ ބޭފުޅުނަށް މަރުހަބާ ދެންނެވީ ޕާޓީގެ ޗެއާރޕާރސަންގެ ނައިބު އަލީ ޝިޔާމާއި އެމް.ޑީޕީގެ ބައިނަލްއަގްވަމީ ގުޅުންތަކާއި ބެހެ ކޮމިޓީގެ މެމްބަރު އީވާ އަބްދުﷲއަދި ތަސްމީން އަލީގެ އިތުރުން އެމް.ޑީ.ޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރެވެ.
މި ބައްދަލުކޮށްލެވުމުގައި ބްރިޓިޝް ހައިކޮމިޝަންގެ ފަރަތުން ވަނީ ރައީސް ނަޝީދު އިއްޔެ ކޯޓައް ހާޒިރު ކުރެވުނު ވަގުތު ކަން ހިގާ ދިޔަ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ މާލޭގެ މަސްރަހު ގޯސްވެފައިވަތީ އެކަމާއިމެދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑާރޝިޕްގެ ބޭފުޅުންނާއި މަޝްވަރާކުރައްވާފައެވެ.