ކުޅުދުއްފުށި ދެކުނު ދާއިރާގެ ފަރާތުން ރައީސް ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން ނެރުނު ނޫސް ބަޔަން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލެ ކޯޓްގައި އުފުލާފައިވާ ޖިނާއީ ދައުވާ 16 ފެބްރުއަރީ 2015 ވަނަ ދުވަހު އަނބުރާ ގެންދެވުމަށްފަހު، ކުއްލި ގޮތަކަށް އެމަނިކުފާނުގެ މައްޗަށް ސިޔާސީ ދައުވާއެއް ކުރެއްވީ، މިހާރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި ޢަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ބައިވެރީން ގުޅިގެން ހިންގަވަމުން ގެންދަވާ ޤާނޫނާއި ޚިލާފު ޢަމަލުތަކާއި ދެކޮޅަށް ރައީސް މުޙައްމަދު ނަޝީދު އަޑުއުފުއްލަވަން ފެއްޓެވުމުން ކަމަށް މިދާއިރާއިން ދެކޭ ހިނދު މިކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.
އަދި މިދާއިރާގެ ރައްޔިތުން ތިބީ ރާއްޖޭގެ އެއްލައްކަ ފަސްހާހަށްވުރެ ގިނަ ރައްޔިތުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ރައީސް މުޙައްމަދު ނަޝީދުގެ ފަހަތުގައިކަން ވަރަށް ސާބިތުކަމާއި އެކު ދަންނަވަމެވެ.
ޤާނޫނު އަސާސީ ދިފާއު ކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި މިދާއިރާގެ ރައްޔިތުން ފެބްރުއަރީ 27 ވަނަ ދުވަހު ފުރިހަމައަށް ބައިވެރިވާނެ ކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.
23 ފެބްރުއަރީ 2015

ޙަސަން ޝުޖާޢު
ދާއިރާ ރައީސް