އެމް.ޑީ.ޕީގެ ކުޑަހުވަދޫ ދާއިރަގެ ފަރާތުން ރާއިސް ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން ނެރޭ ނޫސް ބަޔާން

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި ، 18 ވަނަ މާއްދާއާއި ، 17 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދިނުން ދަޢުލަތުގެމައްޗަށް ލާޒިމް ކުރައްވާފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ކުރީގެ ރައީސް އަދި އެމް.ޑީ.ޕީ ގެ ރައީސް އޮނަރަބުލް އަލްފާޟިލް މުޙައްމަދު ނަޝީދަށް ދެއްވުމަކާނުލައި ދިވެހި ދަޢުލަތުން އެމަނިކުފާނުން ހިފާ ހައްޔަރު ކުރެއްވި ކުރެއްވުމަކީ ދ.ކުޑަހުވަދޫ ދާއިރާއިން އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމެކެވެ. އަދި ހަމަ އެހެންމެ މިއަދުން މިއަދަށް އެމަނިކުފާނު ދޫކޮށްލުމަށް ސަރުކާރަށް މިދާއިރާއިން ގޮވާލަމެވެ.
އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ޙުރުމަތް ކަޑައި ދިވެހިރާއްޖެ ޑިމޮކްރަސީގެ މަގުން އެއްކިބާކޮށް ހުދުމުޚުތާރު ވެރިކަމެއް ޤާއިމު ކުރުމުގައި މިއަދުގެ ސަރުކާރުން ރާއްޖޭގެ ސިޔާސީ ފަރާތްތައް ހިފާ ހައްޔަރުކުރާ ކުރުން ވަގުތުން ހުއްޓާލުމަށްވެސް ކުޑަހުވަދޫ ދާއިރާއިން ސަރުކާރަށް ގޮވާލަމެވެ. މިގޮތުން ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް އަކީވެސް ޤާނީ މުޅި ނިޒާމުން ބޭރުން ސިޔާސީ ވިސްނުމެއްގެތެރެއިން ހައްޔަރުކޮށްފައިވާ ބޭފުޅެއްކަމުން އެބޭފުޅާވެސް ވަގުތުން ދޫކޮށްލައްވައި މިސަރުކާރު ޤާނޫނީ އިމުތެރަށް ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.
23 ފެބުރުއަރީ 2015

ޝާޠިރު ޢަބްދުއްރަޙްމާން
ކުޑަހުވަދޫ ދާއިރާ ރައީސް