ވާރޖިން ގްރޫޕްގެ ވެރިޔާ އަދި ދުނިޔޭގެ އެކި އެކި މަލްޓިނޭޝަނަލް ފާރމްތައް ހިންގަވާ ރިޗާރޑް ބްރެންސަން ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާތީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. ރިޗާރޑް ބްރެންސަން އިއްޔެ ކުރެއްވި ޓްވީޓެއްގައި ލިޔުއްވަފައިވާ ލިޔުއްވުމުގައި ވަނީ އެމަނިކުފާން ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހާއިމެދު ކަންބޮޑުވެލައްވަވާ ކަމާއި ދިވެހިރާއްޖެއަށް މީހުން ގެންނަން ބެނުންނަމަ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތަކުން ކަންކަން ހިންގުމަށް ސަރުކާރަށް ގޮވާލެއްވިއެވެ.
ރިޗާރޑް ބްރެންސަން ފަދަ ދުނިޔެގެ ނުފޫޒުގަދަ ބޭފުޅެއް މިފަދަ ޓްވީޓެއް ކުރެއްވުން ވެގެންދާނީ ދިވެހި ރާއްޖޭގެ އިގްތިސާދަށް ނުހަނު ގިނަގުނަ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. އެގޮތުން ދިވެހި ރާއްޖެއަށް އިންވެސްޓް ކުރަން ބޭނުންވާ ގިނަގުނަ ފަރާތްތަކުންވެސް ދެން ދެވަނަ ވިސްނުމަކަށް ދިޔުން އެކަށީގެންވެއެވެ. އަދި ދިވެހި ޓުއަރިޒަމް އިންޑަސްޓްރީ އަށް ނުހަނު ހީނަރުކަން އައުމަކީ އެކަށީގެންވާކަމެކެވެ. އެގޮތުން ޔޫރަޕް އަދި ތަހުޒީބީ ދުނިޔޭގެ ފަތުރުވެރިން އަނިޔަވެރި ސަރުކާރުތަކުން ގަދަބާރުން ވެރިކަން ކުރަމުންގެންދާ ރަށްރަށައް ދިއުމާއިމެދު ވިސްނާނެއެވެ.