ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު، ރައީސް މުހައްމަދު ނަޝީދު އިއްޔެ ހައްޔަރުކުރުމާ ގުޅިގެން، އިނގިރޭސިވިލާތުން ރޭ ކަންބޮޑުވުން ފާޅުކޮށްފި

Untitled
ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ހައްޔަރުކުރުމާ ގުޅިގެން، އިނގިރޭސިވިލާތުން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިނގިރޭސި ހާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ޓުވިޓާގައި ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހާލަތު އިނގިރޭސިވިލާތުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކަކުން ވެސް ސުލްހަވެރިކަމާ އެކު މަސައްކަތް ކުރުމަށް އޭނާ ގޮވައިލެއްވި އެވެ.

“ރައީސް ނަޝީދު ހައްޔަރުކޮށްފައިވާ ކަމުގެ އަޑު އިވުމުން ވަރަށް ކަންބޮޑުވޭ،” ސްވަޔާގެ ޓުވީޓުގައިވެ އެވެ.