ރައީސް ނަޝިދު ޔާގޫތު ގޭގައި ހުއްނަވަނިކޮށް ހައްޔަރުކޮށްފި

524848_404541772908110_126104354085188_87989254_788498869_n

ރައީސް ނަޝީދު ހައްޔަރުކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައިއެވެ. ރައީސް ނަޝީދު ހައްޔަރުކުރުމުގެ އަމުރު ނެރުނީ، ދައުވާގައި ކޯޓަށް ހާޒިރު ނުދެވާނެ ކަމާއި ފިލާފާނެ ކަމަށްޓަކައި ކަމަށް ފުލުހުންގެ ފަރަތުން ރައީސް ނަޝީދު ހައްޔަރު ކުރީ ކަމަށް ބުނިކަމަށް މައުލޫމާތު ލިބެއެވެ. އަދި ހައްޔަރު ކުރި ޓެރަރިޒަމްގެ ދައުވާ އަކީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގެ މައްޗަށް ބުރަވެއެވެ.