ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގަތުމަށް އެދުން

0_135833471755_news

މަޤާމުން ޓެރަރިޒަމްގެ ދައުވާ އުފުލާ ވަކިކުރެވުނު ކުރީގެ ޑިފެންސް މިނިސްޓަރ މުޙަންމަދު ނާޒިމްގެ ޝަރީއަތް މިއަދު 14:00އަށް ހައި ކޯޓުގައި ވަނީ ތާވަލުކުރެވިފައެވެ.އަދި މިޝަރީއަތް އަޑު އެހުމަށް ވީހާވެސް ގިނަ ދިވެހި ރައްޔިތުންނާއި ވަކިން ހާއްސަކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވަޑައިގަތުމަށް ޗެއާރޕާރސަން ވަނީ ގޮވާލައްވާފައެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މައިގަނޑު އަމާޒަކީ އިންސާފް ގާއިމް ކުރުމާއި ހުރިހާ ދިވެހި ރައްޔިތުނަށްވެސް ހަމަހަމަ އިންސާފުވެރި ޝަރީއަތެއް ލިބުން ކަމުގައި ޗެއާރޕާރސަން އަލީ ވަހީދު
ވިދާޅުވެލައްވާފައިވެއެވެ.