ސެޒް ބިލާއި އެކު ކިނބޫ

medium_48064

ދިވެހި ރާއްޖެއަށް ޒަމާންގަނޑެއް ކުރިންވެސް ކިނބޫ މަދުން ނަމަވެސް ފެނިފައި އެބަހުއްޓެވެ.ނަމަވެސް ސެޒްބިލް ފަސްކުރުމާއިއެކު ދިވެހި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުން ކިނބޫ ވަރަށް ވެސް ތިޔާގި ކަމާއި އެކު ފެނަން ފަށައިފިއެވެ. ބައެއް ކިނބޫ ހަށި ހެޔޮ 12 ފޫޓު 10 ފޫޓުގެ ޕްރޮގްރެސިވް ކިނބުލެވެ.
ސަރުކާރުގެ ވާހަކަތައް އެކި ފަހަރު އެކި ގޮތެވެ. ފުރަތަމަ ބުނީ ކިނބޫ ފެނަން ފެށީ މޫސުމީ ބަދަލެއްގެ ސަބަބުން ކަމަށެވެ. އެއަށް ފަހު ދެން ބުނަން ފެށީ ގަސްތުގައި ބަޔަކު ރާއްޖޭގެ ސަރަހައްދައް ކިނބޫ ތަކެއް ދޫކޮށްލީކަމުގައެވެ. ކަމުގެ ހަގީގަތް ނުބަލާ ސަރުކާރުން އެކި ދިމަދިމާއަށް އިނގިލި ދިއްކުރަމުންދާއިރު ރައްޔިތަކަށް ކިނބުލެއްގެ ފަރާތުން ގެއްލުމެއް ވުމުން އެއީ އެމް.ޑީ.ޕީގެ އިހުމާލެއް ކަމުގައި ބުނެފާނެއެވެ.
އެއްއިރެއްގައި ކުރީގެ ޑިފެންސް މިނިސްޓާރ އަކީ ޤައުމީ ބަތަލެކެވެ. އަނެއް އިރެއްގައި ނާޒިމަކީ ޤައުމު ނުދެކޭވަރުގެ ނުރައްކާތެރި މުޖުރިމެކެވެ. ހަގީގަތުގައި ސަރުކާރުގެ ވިސްނުން ހުރީ ކިނބުލުގެ ވިސްނުމެކޭއެއްގޮތަށެވެ. ސަރުކާރުން އެމް.ޑީ.ޕީގެ ހަރަކާތް ތަކުގެ ސަބަބުން ވައްޓާލަންށޭ ނުވަތަ ވެއްޓެނީއޭވެސް ހީވާން ފަށައިފިއެވެ. ސަރުކާރުގެ ދިފާއީ ވަޒީރު ޝިކާރަކޮށްލައިފިއެވެ. ނަމަވެސް ގޯސް ހެނދުނުކަން މިއެގެނީ މާފަހުންނެވެ.
ސަރުކާރެކޭ އެއްގޮތަށް ކިނބުލަކީވެސް އިންސާނީ ހައްޤުތަކަށް ވިސްނާ އެއްޗެއް ނޫނެވެ. ރައްޔިތުންނާއި، ވަޒީރުން، ފަނޑިޔާރުން، އިދިކޮޅު ޕާޓީތައް، ކިޔަވާ ދަރިވަރުން، މިނިވަން މުއައްސަސާތައް، ނޫސްވެރިންނާއި ޓީޗަރުންވެސް މިއަދު މިތިބީ ކިނބުލުގެ ނުރައްކަލަށް ފާރައަށެވެ. ގަހާ ސައީދުވެސް ކިނބޫ ހިފީ ހުށިޔާރުކަމާއިއެކީގައެވެ. އެމް.ޑީ.ޕީގެ ޗެއާރޕާރސަންގެ އާރޓިކްލް ނިންމަވާލެއްވީ ހަރުބަހަކުންނެވެ ‘ރައްކާވެ ތިބިއްޔާ ދަތުރެވެ’.