ފޭހުނު އިލޮށި އަބުރާ ތިމާގެ ލޮލަށް ހެރެނީބާ

0_132809027074_news

ދިވެހިރާއްޖޭގެ ވެރިކަމުގެ ހުރިހާ ބާރެއެ ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި ހުރިހަ ބާރެއް ދެމިއޮންނަނީވެސް ރައްޔިތުންގެ އަތްމަތީގައެވެ. 2012ގެ ފެބްރުއަރީމަހު ދިވެހި ސަރުކާރު ޤައިރުޤާނޫނީ މުޒާހަރާތަކަކަށްފަހު ސަލާމަތީ ބާރުތަކުގެ ބަޔެއްގެ އެހީގައި މިހާރުގެ ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިން އިސްކޮށް ހުންނަވާ ވައްޓާލިއެވެ. މާލެ އާއި ދިވެހި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ރައީސް ނަޝީދަށް ތާއީދުކޮށް ބޮޑެތި މުޒާހަރަތަށް ފެށި ވަހީދުގެ ސަރުކާރަށް ވެރިކަން އަތުން ބީވެގެން ހިގައިދާނެކަމުގެ ބިރު ހީވުމުން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އުފައްދަވާ ނެރުނު ރިޕޯޓުގައި ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުނީ މެޖޯރިޓީ ގެއްލިގެން ކަމާއި މިފަދަ ގޮތަކަށް ވެރިކަން ބަދަލުވެގެން ދިއުމަކީ ރައްޔިތުންގެ މެޖޯރިޓީއަށް ތަބާވުން ކަމުގައި ސިފަވާގޮތަށް ބަޔާންވެގެންނެވެ.

މއަދުގެ ހަޤީގަތަކީ ޕީޕީއެމްގެ ސަރުކާރުގެ ސައްހަކަންވެސް މިއަދު މިވަނީ ގެއްލިފައެވެ.ސަބަބަކީ ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީ އާއިއެކު އިއްތިހާދެއް ހަދައިގެން ކަމުގައިވެފައި މި އިއްތިހާދު މރޫޅާލީވެސް ޕީޕީއެމްގެ ސަރުކާރުން ޤާސިމް އިބްރާހިމް މަޖިލިސްގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމާއި ވިދިގެންނެވެ. ޕީޕީއެމްއަށް އެކްނި ލިބުނު ވޯޓުގެ އިންސަތަ އަކީ %25 އެވެ. އަދި ވެރިކަމަށް އައުމަށް ޤާސިމް އާއި އެކު ވެވުނު އެއްބަސްވުން އުވާލުމާއި އެކު ސަރުކާރު ހިންގުމުގެ ހައިސިއްޔަތު ގެއްލި ކޯނީ ރިޕޯޓުގައި ބުނާ އުސޫލުގެ މަތިން ވެރިކަމުގެ ސައްހަކަން މިވަނީ ގެއްލިފައެވެ. މި ސަރުކާރުގެ ނައިބް ރައީސް ވެސް ވަނީ އަގްލަބިއްޔަތު ގެއްލިއްޖެ ނަމަ ސަރުކާރުގެ ސައްހަކަން ގެއްލިގެން ދާނެކަމަށް މީގެ ކުރިން އެކިއެކި މާލަން ތަކުގައި ވާކާލާތު ކުރައްވާފައެވެ.

ފެހި ޤާނޫން އަސާސީން ދިވެހިނަށް ނުހަނު ގިނަގުނަ އަސާސީ މިނިވަންކަމާއި ހައްގުތަކެއް ލިބިގެން ދިޔައެވެ. ނަމަވެސް ފެހި ޤާނޫން އަސާސީގައި ދިވެހި ރާއްޖޭގައި އުފެދިގެންދާ ކޮންމެ ވެރިކަމެއްގެ ސައްހަކަން ޅަފަތުގައި ގެއްލިގެންދެއެވެ. ސަބަބަކީ ޤާނޫން އަސާސީ އަކީ އިއްތިހާދަކުން ވެރިކަން ކުރުމަށް އުފެއްދި ޤާނޫން އަސާސީއަކަށް ނުވުމެވެ. އިއްތިހާދުގެ ސަރުކާރެއް އުފެއްދޭނީ ބަރުލަމާނީ ނިޒާމެއްގައެވެ. ޑިމޮކްރަސީއަށް މަސައްކަތް ކުރި ގިނަބަޔެއްގެ އުއްމީދު ނަމަވެސް ހާސިލްވިއެވެ. މައުމޫން އަބްދުލް ޤައްޔޫމްގެ ދިގު 30އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް ރައްޔިތުންގެ ހައްޤުތަށް ހޯދައިދިނެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ އަނެއްކާވެސް ހުދުމުހުތާރު ވެރިކަމެއްގެ ސިފަތަކެއް ޖެހި ރައްޔިތުންގެ ހަޤުތަކަށް އަރައިގަންނަމުންދަ ތަނެވެ. ރައީސް މުޙައްމަދު ނަޝީދު މޫން ލައިޓްގައި ލިޔުއްވި އާޓިކަލް ނިންމަވަލެއްވީ ދިވެހި ރާއްޖޭގައި ވެރިކަމުގެ ސައްހަކަން ނުގެއްލި ވެރިކަން ކުރެވޭނެ ނިޒާމެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އިޝާރާތް ކުރައްވަމުންނެވެ.