ރައީސް ނަޝީދުގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި

DSC_0073

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސްފި އެވެ.

އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހީމް ކަލޭފާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި، މާލޭ އޭރިއާގެ ކޮމާންޑަރު އިބްރާހީމް ދީދީއާއި، ކާނަލް މުހައްމަދު ޒިޔާދު ގެ މައްޗަށް ވެސް ދައުވާ އުފުލާފައެވެ. އެ ދައުވާތައް ވެސް މިހާރުވަނީ އަނބުރާ ގެންގޮސްފައެވެ.