އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2015

MDP/2015/070

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2015

މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 28 ފެބްރުއަރީ 2015 ވާ ހޮނިހިރު ދުވަހު މެންދުރުފަހު 13:00 އިން 17:00 އަށް ބޭއްވުމަށް މިޕާޓީގެ އިންތިހާބާއިބެހޭ ކޮމިޓީން ވަނީނިންމައިފައެވެ.
ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 19 ފެބްރުއަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ހއ ހޯރަފުށި ދާއިރާ ރައީސް
ހއ ހޯރަފުށި ދާއިރާ ނާއިބު ރައީސް
ހއ ހޯރަފުށި ދާއިރާ ސެކްރެޓަރީ
ހއ ހޯރަފުށި ދާއިރާ ސެކްރެޓަރީގެ ނާއިބު
ހއ ހޯރަފުށި ދާއިރާ މައުލޫމާތާއި އިސްތިހާރާއި އާއްމުއެންގުންތަކާއިބެހޭ ސެކްރެޓަރީ
ހއ ދިއްދޫ ދާއިރާ ސެކްރެޓަރީ
ހއ ދިއްދޫ ދާއިރާ ސެކްރެޓަރީގެ ނާއިބު
ހއ ދިއްދޫ ދާއިރާ މައުލޫމާތާއި އިސްތިހާރާއި އާއްމުއެންގުންތަކާއިބެހޭ ސެކްރެޓަރީ
ށ ކަނޑިތީމް ދާއިރާގެ ސެކްރެޓަރީ
ށ ކަނޑިތީމް ދާއިރާގެ މައުލޫމާތާއި އިސްތިހާރާއި އާއްމުއެންގުންތަކާއިބެހޭ ސެކްރެޓަރީ
ށ ކޮމަންޑޫ ދާއިރާ ނާއިބު ރައީސް
ނ ކެނދިކުޅުދޫ ދާއިރާ ނާއިބު ރައީސް
ނ މަނަދޫ ދާއިރާ ރައީސް
ނ މަނަދޫ ދާއިރާ ނާއިބު ރައީސް
އދ ދަނގެތި ދާއިރާ ނާއިބު ރައީސް
އދ ދަނގެތި ދާއިރާ ސެކްރެޓަރީ
އދ ދަނގެތި ދާއިރާ ސެކްރެޓަރީގެ ނާއިބު
އދ ދަނގެތި ދާއިރާ މައުލޫމާތާއި އިސްތިހާރާއި އާއްމު އެންގުންތަކާއިބެހޭ ސެކްރެޓަރީ
ފ ނިލަންދޫ ދާއިރާގެ ރައީސް
ފ ނިލަންދޫ ދާއިރާގެ މައުލޫމާތާއި އިސްތިހާރާއި އާއްމު އެންގުންތަކާއިބެހޭ ސެކްރެޓަރީ

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
12 ފެބްރުއަރީ 2015