އިބްތިހާލްގެ މަރުގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ނިންމުމަށް ރޮޒެއިނާ ގޮވާލައްވައިފި

B9n7enJCEAA96gh

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވެފައިވަނީ އިބްތިހާލްގެ މަރުގެ މައްސަލައިގެ ތަހުގީގް އެކަށީގެންވާ ބާރު ދުވެލީގައި ކުރިއަށް ނުދާކަމަށެވެ.ތަކުރާރުކޮށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު ޒިންމާދާރުކުރުވާ ކޮމެޓީގެ ފަރަތުން މައްސަލައިގެ ތަހުގީގު ހިންގެވުމަށް ކޮމެޓީ ބޭއްވުމަށް އެދުމުންވެސް ކޮމެޓީ ވަނީ އަދި މިހާތަނަށް ނުބާއްވާފައެވެ.
ރޮޒެއިނާގެ ވާހަކަފުޅުގައި ރައްޔިތުންގެ ކޮންމެ ފަރުދެއްވެސް ޒިންމާއެއް އޮންނަކަން ދެނެގަނެ ކޮންމެ ތަނެއްގައިވިޔަސް ގެވެށި އަނިޔާއެއް ހިނގައިގެން އުޅޭކަން އިގިއްޖެނަމަ ލަސްނުކުރައްވާ ސަރުކާރުގެ ކަމާއި ބެހޭ ފަރާތަށް ރިޕޯޓް ކުރެއްވުމަށް އެދިލައްވާފައެވެ. އަދި 1412 ( ގެވެށި އަނިޔާ ރިޕޯޓްކުރާ ހޮޓްލައިން ) ގެ ހިދުމަތް މެދުކނޑިފަވާތީ އެކަމާއި ވެސް ވަނީ ކަންބޮޑުވުންފާޅުކުރެއްވިއެވެ.