ޤާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ ޖޭޕީ އިއްތިހާދުގެ ފަރާތުން ބޮޑު އިހްތިޖާޖް އަކަށް މިމަހުގެ 27 ވާ ހުކުރު ދުވަހު ނިކުއްނަނީ

live_21100

މިމަހުގެ 27 ވާ ހުކުރު ދުވަހު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިފައިވާ އިއްތިހާދުން ބޮޑު އިހްތިޖާޖެއް ބޭއްވުމަށް ދެ ޕާޓީންވެސް ނިންމައިފިއެވެ. އެމްޑީޕީގެ ޗެރާޕާސަން އަލީ ވަހީދު ވިދާޅުވީ މިމަހުގެ 27 ވާ ހުކުރު ދުވަހު ބާއްވާ އިހްތިޖާޖަކީ ވަރަށް ހާއްސަ އިހްތިޖާޖެއް ކަމުގައެވެ. ޗެއާރޕާރސަން އަލީ ވަހީދު ރޭގެ އިންޓަރ ޕާރޓީ ކޮމިޝަންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ މިއީ ޤާނޫނު އަސާސީގެ ދިފާއުގައި ބާއްވާ އިހްތިޖާޖެއްކަމަށާއި މި އިހްތިޖާޖުގައި އެމްޑީޕީއާއި ޖޭޕީއަށް ސަޕޯޓްކުރާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިލައްވާކަމަށެވެ.