ރައީސް މުޙައްމަދު ނަޝީދު ޖަރުމަނުގެ އެމްބެސަޑަރު ހިސް އެކްސެލެންސީ ޑރ ޖަރގަން މޮރހާރޑް އާއި ބައްދަލު ކުރައްވައިފި.

unnamed

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖެއަށް ޖަރުމަނުން ކަނޑައަޅުއްވާފައިވާ ސަފީރު ހިސް އެކްސެލެންސީ ޑރ ޖަރގަން މޮރހާރޑް އާއި ބައްދަލު ކުރައްވައިފި. މި ބައްދަލު ކުރެއްވުން އޮތީ ހ.ހިކިފިނިފެންމާގޭގައި މިއަދުގެ ހެނދުނު 8:30ގައެވެ. އަދި މިއަދުގެ ހަވީރު 16:30ގައި ކެނެޑާގެ ޑެޕިއުޓީ ހައި ކޮމިޝަނަރ އާއި ރައީސް ނަޝީދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.