މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރާވައިފައި އޮތީ ފަޅު ކުރަން ނިންމެވި ރަށްރަށުގައި

unnamed

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާރ ޕާރސަންގެ ނައިބް އަލީ ނިޔާޒް މޫންލައިޓްގެ 2ވަނަ އަދަދުގައި ލިޔުއްވާފައިވާ ލިޔުމުގައި ވާ ގޮތުގައި މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރޭވިފައި އޮތީ މިހާރު ފަޅު ކުރަން ނިންމާފައިވާ ރައްތަކުގައެވެ.އަދި މި ރަށްތައް ހިމެނޭ ދާއިރާ ތަކުގެ މަޖިލިސް މެމްބަރުންގެ ފަރާތުން މިފަދަ ކަމަކަށް ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން ކުރަމުންގެންދަނީ ކޮންކަމެއްތޯވެސް ވަނީ ސުވާލު އުފައްދަވާފައެވެ.
ހުޅުމާލެ ޔޫތު ސިޓީ އަކަށް ހެދުމަށް ސަރުކާރުން ނުހަނު ގިނަ ބޮޑެތި މަޝްރޫތައް ދަނީ ހިންގަމުންނެވެ.ގިނަ ރައްތަކަކުން ރައްޔިތުން ހުޅުމާލެއްށް ޖަމާވެގެން ދާނެއެވެ.ގިނަ ގުނަ ހިދުމަތްތަކަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެގެންދާނަމަ ސަރުކާރުން މި ހިންގަވާ މަޝްރޫތަކުގެ ހެޔޮ އަސަރު ރާއްޖެއަށް ކުރާނެއެވެ.ނަމަވެސް ކުދި ރަށްތަކުގެ ރައްޔިތުން އެމީހުންގެ ރަށުން ހުޅުމާލެ ބަދަލުކޮށް ރާއްޖޭގެ އެކި އެކި ސަރަހައްދުތަކަށް ކުރިއެރުމާއި ތަރައްގީ ގެނެއުން ސަރުކާރުން މަޑުޖައްސާލުމުން މުޅި ރާއްޖެ ތަރައްގީ ނުވާނެކަމާއި ގައުމެއް ކުރިއަރާނީ ހުރިހާ ސަރަހައްދެއްގައިވެސް ތަރައްގީގެ މަޝްރޫއުތައް ހިންގިގެން ކަމުގައެވެ.

ޗެއާރޕާރސަންގެ ނައިބު އަލީ ނިޔާޒު މޫންލައިޓްގައި ލިޔުއްވަފައިވާ އާރޓިކަލް ބެއްލެވުމްށް މިލިންކަށް ފިތާލާ