ޤާނޫން އަސާސީގެ ދިފާއުގައި ދިވެހިން.ޖޭޕީ ، އެމް.ޑީ.ޕީ ކަންމަތީ ބައްދަލުވުން މާދަމާ ރޭ 21:00ގައި ސީގަލް ކަންމަތީގައި

Presentation1

ސަރުކާރުން ކުރަމުން ގެންދާ ގާނޫނާ ހިލާފު ކަންކަމާއި ދެކޮޅަށް ޤާނޫން އަސާސީގެ ދިފާއުގައި އެމް.ޑީ.ޕީ އާއި ޖޭ.ޕީ ގުޅިގެން މާދަމާ ރޭ (އަންގާރަ 3 ފެބްރުއަރީ 2015) ވަނަ ދުވަހުގެ ރޭ 21:00ގައި ސީގަލް ކައިރީ ކަންމަތީ ބައްދަލުވުމެއް ބޭއްވުމަށް ދެ ޕާޓީން ނިންމައިފިއެވެ.އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މިހާރު ކުރިއަށް ގެންދާ މަޝްވަރާތައް ރަސްމީ ކުރުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސޮއި ކުރާނެއެވެ.