ސާބިތުކަމާއި ޙާލިސް ހިތަކުން ކުރިމަތިލައިފި ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ

Untitled

ސާބިތުކަމާއި ޙާލިސް ހިތަކުން ކަމަކާއި ކުރިމަތިލައިފި ނަމަ އެކަމެއް އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާރޕާރސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އިންސާނާ މަންޒިލާއި ހަމަޔަށް ވާސިލް ވުމުގައި ބައެއް ފަހަރު ނުހަނު ބޮޑެތި ދަތި އުދަގޫ ތަކާއި ކުރިމަތިލާން ޖެހިދެއެވެ.ބައެއް ފަހަރު ވެއްޓޭނެއެވެ. ތަދުވެސްވާނެއެވެ. ނަމަވެސް މިދުނިޔޭގައި އޮތީ ހިތްވަރު ގަދަކޮށް އީމާންތެރިކަމާއި ނަމާދުން ވާތްގައް އެދުމެވެ.
މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. ވަރުގަދަ މީހުންނަކީ އަދި އެހެންމެ އެންމެ ކާމިޔާބު މީހުންނަކީ އެންމެ ނިކަމެތި ދަތި ހާލުގައިވެސް ފަސްނުޖެހި ދޫނުދީ ކުރިއަށްދާ މީހާއެވެ. ދުނިޔެ ދައްކާހާ މަންޒަރަކަށް ހެއްލި ބައެއް އުޅޭހާގޮތަކަށް ތިމާގެ ދިރިއުޅުމުގައި ކުލަޖައްސާ މީހުންނަކީ ނާކާމިޔާބުގެ ވަގުތު އެހެން މީހުންނަށް އިނގިލި ދިއްކޮށް އަމިއްލަ ނަފްސުގެ މައްޗަށް އަނެކާ އިސްކުރުވާ މީހުންގެ ސިފައެކެވެ.

ޗެއާރޕާރސަން އަލީ ވަހީދު ލިޔުއްވާފައިވާ ލިޔުން ބެއްލެވުމަށް މި ލިންކަށް ފިތާލާ