ރާއްޖެ އެއްފަސް ކުރެވޭނީ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލެވިގެންކަމުގައި ޗެއާރޕާރސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވެއްޖެ

Untitled

ދިވެހިރާއްޖެ އުފެދިފައި ވަނީ ކުދި ޖަޒީރާ ތަކެއްގެ މައްޗަށެވެ. ރާއްޖޭގެ 188 ރަށެއްގައި މީހުން ދިރިއުޅެމުން ގެންދާއިރު ގިނަ ރައްރަށަކީ ކުޑަ އެހާމެ އާބާދީގެ ގޮތުން މީހުން މަދުން ދިރި އުޅެމުން ގެންދާ ރަށްރަށެވެ.2009 ވަނަ އަހަރުގެ ކުރީކޮޅު މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއްސުއޫދު ފަރުމާކޮށް އޭރުގެ ސައރުކާރުން ‘ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލް’ ގެ ނަމުގައި 17ވަނަ ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހެޅިއެވެ. ނަމަވެސް މި ބިލް މަޖިލިހުގެ ތަޅުމުން ފާސްވެގެން ޤާނޫނަކަށް ވެގެން ދިޔައީ މަޖިލީހަށް ހުށަހެޅުނު ގޮތާއި ވަރަށް ވެސް ބޮޑައް ތަފަތުކޮށެވެ.
ޒަމާނުއްސުރެން ރައްރަށުގެ ކަތީބުންގެ ގޮތުގައި އޮތް މަޤާމު ރަށު ކައުންސިލަރުންނަށް ބަދަލުވެގެން ދިޔައެވެ. އަދި ރާއްޖެ 7 ސަރަހައްދަކަށް ބައިކޮށް އޮނިގަނޑެއް ރޭވިގެންދިޔައެވެ.އަދި މިއިން ކޮންމެ ސަރަހައްދެއްގައިވެސް ކާމިޔަބު ކަމާއި އެކު ފެރީގެ ދަތުރުފަތުރު ފެށިގެން ދިޔައެވެ.ކުދި ރައްރަށުގައި ބަންދުވެފައި ތިބި ގިނަ ރައްޔިތުންތަކެއް ރަށުބަންދުން ވީލުވަމުންނެވެ. ނަމަވެސް 2012ގެ ފަހުން ދަތުރުފަތުރުގެ ނިޒާމު ވަނީ ރަށްރަށުގައި ހީނަރުވެ ބައެއް ސަރަހައްދުތަކުގައި މަދުޖެހިފައެވެ. ރައްޔިތުން އެއްރަށަކައް ޖަމާކުރުމުގެ ބަދަލުގައި ދަތުރު ފަތުރުގެ ވިއުގާރއަކުން ޣުޅިގެން ނޫނީ ރާއްޖޭ އެއްފަހެއް ނުކުރެވޭނެއެވެ.