އޯލް ޕާޓީ ޓޯކްސްގައި އެމް.ޑީ.ޕީން ބައިވެރިވާން ނިންމައިފި

0_1411444599imagec36e0a14e436d849c8ab7e4c28b8773bf10db678440ae9fab7e8b65e98c6f1f5v_news

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އޯލް ޕާޓީ ޓޯކްސްގައި ބައިވެރިވާން ނިންމައިފިއެވެ. އޯލް ޕާޓީ ޓޯކްސްގައި އެމް.ޑީ.ޕީން ބައިވެރި ވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ މަސްރަހު ސަރުކާރުގެ ހުދުމުހުތާރު ސިޔާސަތުތަކުގެ ސަބަބުން ހަލަބޮލިވެފައި މިވާ ދަނޑިވަޅުގައި ހުރިހާ ސިޔާސީ ޕާޓީ ތަކެއްގެ މެދުގައި ވާހަކަ ދައްކައިގެން ރާއްޖެއަށް އޮތް އެންމެ ރަގަނޅު ގޮތަކީ ކޮބާތޯ ބެލުމާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ކުރެވޭނީ ކޮންކޮން ކަންކަމެއްތޯ ބެލުމުގެ މަގްސަދުގައެވެ.
އެމް.ޑީ.ޕީގެ ފަރާތުން އޯލް ޕާޓީ ޓޯކްސަގައި ބައިވެރިވެ ވަޑައިގަންނަވާނީ ޕާޓީގެ ޗެއާރޕާރސަން އަލީ ވަހީދު، ޕާރލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިހް، މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މާރިޔާ އަޙުމަދު ދީދީ، ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދު އަދި މާލޭ ސިޓީގެ މޭޔަރ މުޙައްމަދު ޝިހާބެވެ.