މާޒީން އިބުރަތް ލިބިގަތުމަށް އެމް.ޑީ.ޕީގެ ޗެއާރޕާރސަން އަލީ ވަހީދު ގޮވާލައްވައިފި

medium_48064

ޒަމާނުއްސުރެން ދިވެހި ރާއްޖޭގައި ހިންގަމުން ދިޔަ އަނިޔަވެރި ވެރިކަން 2008ގައި ބަދަލު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކުރި ބުރަ އަދި އެހާމެ ހިތްވަރުގަދަ މަސައްކަތް ފާހަގަ ކުރައްވަމުން ޗެއާޕާރސަން އަލީ ވަހީދު ވަނީ ޕާޓީގެ މެމްބަރުންގެ ކެރުމާއި ހިއްވަރު ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި އަނެއްކާވެސް ދިވެހިރާއްޖެ މިވަނީ އެމްޑީޕީއަށް ބޭނުންޖެހިފައި ކަމުގައި ސިފަކުރައްވަމުން ވިދާޅުވެފިވަނީ ޤައުމު ހަމަ މަގަށް އަޅުވާ އިސްލާހު ކުރެވޭނީ އެމްޑީޕީއަށް ކަމުގައެވެ.އަދި ވޯޓު ލުމާއި 30 އަހަރަށް ވެރިކަން ދެމިގެން ދިޔަ ޒަމާން މާޒީވެ ހިގައްޖެ ކަމުގައެވެ.މޫންލައިޓްގައި ޗެއާރޕާރސަން އަލީ ވަހީދު ލިޔުއަވާފައިވާ ލިޔުން ނިއްމަވާލެއްވީ އެމް.ޑީ.ޕީ އޮތީ ކުރިޔައްވުރެން މާ ފޯރިއާ ޖޯޝާއެކުގައިކަން ފާހަގަކޮށް ދިވެހިރާއްޖެ އިސްލާހުގެ މަގައް މާތްﷲ އިރާދަކުރެއްވިއްޔާ ގެންނާނެކަމުގައި ލިޔުއްވަމުނެވެ.

މޫންލައިޓްގައި ޗެއާރޕާރސަން އަލީ ވަހީދު ލިޔުއަވާފައިވާ ލިޔުން ބެއްލެވުމަށް މި ލިންކައް ފިތާލާ