ރާއްޖެ އިސްލާމްވި ދުވަހުގެ ހެޔޮ ދުޢާއާއި ތަޙްނިޔާ އަރިސްކުރުން

ދިވެހިރާއްޖެ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިގަތް ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ މި މަތިވެރި ދުވަހުގެ ހެޔޮ ދުޢާއާއި ތަޙްނިޔާ ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕ) އިން އަރިސްކުރަމެވެ.

ދިވެހިން އިސްލާމްވުމަށް މާތް ﷲ މެދުވެރިކުރެއްވި ޢަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއާއި ރަސްގެފާނު މުޙައްމަދު ބިން ޢަބްދުﷲ (ދަރުމަވަންތަ ރަސްގެފާނު) ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލެއްވުމަށާއި، މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ދިވެހިން ތާއަބަދަށް ލެހެއްޓެވުމަށް ދުޢާދަންނަވަމެވެ. އާމީން!

23 ޖެނުއަރީ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް