ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒު އަވަހާރަވުމުގެ ފުން ހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބައިވެރިވަމެވެ.
ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒު އަވަހާރަވުމަކީ ސައުދީ ޢަރަބިއްޔާއަށާއި މުޅި އިސްލާމީ އުންމަތަށް ލިބުނު ނުހަނު ބޮޑު ގެއްލުމަކާއި ފުން ހިތާމައެކެވެ.
މިދަނޑިވަޅުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލް ސަޢުދު އަށާއި ރަސްގެފާނުގެ ޝާހީ ޢާއިލާއަށާއި ސައުދީ ޢަރަބިއްޔާގެ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރަމެވެ. އަދި ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްލެއްވުމަށް މާތްﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. އާމީން!