ރައީސް ޔާމިންގެ ސިއްހީ ހާލުކޮޅާއި ވެރިކަމާއި ހަވާލުވެ ވަޑައިގެންފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދުމަށް އެދި އެމްޑީޕީން ރައީސް އޮފީހަށް ސިޓީ ފޮނުވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޓީގައިވާ ގޮތުގައި ދިވެހި ދައުލަތުގެ އިޚުލާޞްތެރި އިދިކޮޅު ޕާޓީއެއްގެ ހައިޞިއްޔަތުން، ރައީސުލްޖުމްހޫރިއްޔާގެ ސިއްޙީ ހާލުކޮޅާ ގުޅޭގޮތުން ލިބެމުންދާ ޚަބަރުތަކާއި، ޤާނޫނު އަސާސީގެ 123 ވަނަ މާއްދާ އަދި 124 ވަނަ މާއްދާގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރަން ނުކުޅެދިއްޖެ ހާލަތެއް ދިމާވެފައިވާކަމަށް ފެންނާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މި ސިޓީގައި ރައީސް އޮފީހުގެ ފަރާތުން އެމްޑީޕީން ހޯދުމަށް އެދޭ މައުލޫމާތުތަކަކީ ޔާމީން ޢަބްދުލް ޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގަތްފަހުން، އަމިއްލަ ދަތުރުފުޅުތަކުގެ ނަމުގައާއި ރަސްމީ ދަތުރުފުޅުތަކުގެ ނަމުގައި ޖުމްލަ
1. ސިންގަޕޫރަށް ވަޑައިގެންފައިވާ އަދަދާއި،
2. މިފަދަ ދަތުރުފުޅުތަކުގައި ސިންގަޕޫރުގައި ހޭދަވި ދުވަސްތަކާއި،
3. މިދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަދަދާއި،
4. މި ދަތުރުފުޅުތަކަށް ދައުލަތުން ޚަރަދުވި އަދަދާއި،
5. ރައީސުލްޖުމްހޫރިއްޔާގެ ސިއްޙީ ހާލުކޮޅާއި ގުޅޭ ތަފްޞީލު މިޕާޓީއަށް ފޮނުއްވައިދެއްވުން އެދެމެވެ.
ސިޓީ ނިންމާލައިފައިވަނީ ޔަމިން އަބްދުލް ގައްޔޫމްގެ ދަތުރުފުޅުތަކުގެ މައުލޫމާތު އާންމުކުރުމަށް ދަންނަވާފައިވެއެވެ.

އެމްޑީޕީން މިއަދު ރައީސް އޮފީހަށް ފޮނުވި ސިޓީ ބެއްލެވުމަށް މި ލިންކައް ފިތާލާ