ކުރިއަރާ މުޖުތަމައުއެއްގެ ބިންގަލަކީ ވަށާޖެހޭ ތައުލީމު ރައީސް ނަޝީދު

Untitled

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖޭގެ ހުރިހާ ދަރިވަރުންނާއި މުދައްރިސުނަށް ދިރާސީ އާއަހަރުގެ ތަހުނިޔާ ދަންނަވައިފިއެވެ.ރައީސް ނަޝީދުގެ ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ފާހަގަ ކުރައްވާފައިވާ ގޮތުން ކުރިއަރާ މުޖުތަމައުއެއްގެ ބިންގަލަކީ ވަށާޖެހޭ ތައުލީމެވެ.ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމުގައި ގިނަ އަދަދެއްގެ ސުކޫލް މަދަރުސާތައް ވަނީ އެއްދަންފަޅިއަށް ކިޔެވުން ބަދަލުކޮށް މުދައްރިސުންނާއި ދަރިވަރުނަށް ފަސޭހައިން އުގެނެވޭނެ ފަދަ މާހައުލެއް ބިނާ ކުރުމަށް މަސައްކަތް ފެށިފައެވެ.މި ފެށިގެންދިޔަ ދިރާސީ އާއަހަރަކީ ފާގަތި އަދި އެހާމެ ކާމިޔާބު ދިރާސީ އަހަރެއް ކަމުގައި މާތްﷲ މިންވަރު ކުރައްވާށި.