އިސްތިއުނާފުގެ ފަނޑިޔާރު މަޖިލިސް

22 ޑިސެމްބަރ 2014 ވަނަ ދުވަހު އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން މިޕާޓީގެ މެމްބަރެއް ކަމުގައިވާ ރައްޔިތުންގެ މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރ، މޫސާ މަނިކު (ރީކޯ) ޕާޓީން ވަކި ކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމާއިމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާކަން ބަޔާން ކުރައްވާ، މޫސާ މަނިކު އިސްތިއުނާފް ކުރެއްވުމަށް އެދި ޕާޓީގެ ޗެއަރޕާސަން އަށް 4 ޖެނުއަރީ 2015 ދުވަހުގެ ތާރީޚުގައި ސިޓީއަކުން ހުށަހަޅުއްވާފައިވެއެވެ. (މިދެންނެވި ސިޓީގެ ކޮޕީ އެޓޭޗްކޮށްފައި މިވަނީއެވެ.) މިދެންނެވި ސިޓީ އިސްތިއުނާފުގެ ފަނޑިޔާރު މަޖލިހަށް ޕާޓީގެ ޗެއަރޕާސަން 4 ޖެނުއަރީ 2015 ވަނަ ދުވަހު ހުށަހަޅުއްވާފައިވާތީ ، ޕާޓީގެ އަސާސީ ޤަވާއިދުގެ 119 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މައްސަލަ ބެއްލެވުމަށް އިސްތިއުނާފުގެ ފަނޑިޔާރު މަޖިލިހުގެ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ޕެނަލްއެއް ކަނޑައަޅާ މައްސަލަ މިހާރު ބަލަމުންދާ ވާހަކަ ދެންނެވީމެވެ. މިމައްސަލަ ބެއްލެވުމަށް ކަނޑައަޅާފައިވާ ޕެނަލްގެ މެމްބަރުންނަކީ

1- ފަރީޝާ ޢަބުދުﷲ
2- މުޙައްމަދު މާޙިރު އީސާ
3- ޙަސަން ލަޠީފް
4- ޙަސަން ޒާޙިރު
5- ނާޒިލް އަފީފް

5 ޖެނުއަރީ 2015

އިސްތިއުނާފްގެ ފަޑިޔާރުންގެ މަޖިލިސްއަށް ހުޅުހެންވެއިރު ދާއިރާގެ މަޖިލިސް މެމްބަރު މޫސާ މަިނު ފޮނުވި ސިޓީ ބެއްލެވުމަށް މި ލިންކަށް ފިތާލާ