އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިނާއި ބައްދަލުކުރައްވައިފި

image-20e705c665708e032154a7f2509f8176015883555e59ff6ff318b2b7e42b6660-V

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ މިސް ރޮބިން މުޑީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑާރޝިޕްގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައިފިއެވެ.މި ބައްދަލުކޮށްލެއްވުން އޮތީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އެމް.ޑީ.ޕީގެ ޤައުމީ ސެކްރެޓޭރިއަޓްގެ ކޮންފަރެންސް ހޯލްގައެވެ.
ޕާޓީގެ ފަރާތުން އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ އަށް މަރުޙަބާ ދެންނެވީ އެމް.ޑީ.ޕީގެ ޑެޕިއުޓީ ޗެއާރޕާރސަން އަލީ ނިޔާޒްގެ އިތުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އަބްދުﷲ ޝާހިދު، އަދި ޕާޓީގެ އިންޓަރނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލް ޣަފޫރެވެ.