ވައިކަރަދޫ ދާއިރާގެ ފަރާތުން ނެރޭ ނޫސް ބަޔާން

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަޑިޔާރުން މަޤާމުން ވަކިކުރުމަށް 14/12/14ގައި ރައްޔިތުންގެ މަޖިލިހުން ނިންމި ނިމުމަކީ ދިވެހިރާއްޖޭގެ ޤާނޫން އަސާސީއާއި ފަޑިޔާރުން މަޤާމުން ވަކިކުރުމާއި ގުޅޭގޮތުން ހެދިފައިވާ ޤާނޫނަތަކާއި ޙިލާފަށް ނިންމާފައިވާ ނިންމުމެކެވެ.މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ހަޔާތުގައި މިހާ ފާޅުކަން ބޮޑުގޮތެއްގައި ޤާނޫން އަސާސީގެ ބާރު ކަނޑުވާލުމަށް ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމުގައި ދެކެމެވެ.
ސްޕްރީމް ކޯޓުގެ ފަޑިޔާރުން މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ޤައިރުޤާނޫނީ ނިންމުން ރައްޔިތުންގެ މަޖިލިހުން ބަލައިގަނެ އެނިންމުން މަޖިލިހުން ފާސް ކުރުމަށް ކުރަމުންގެންދިޔަ މަސައްކަތާއި ދެކޮޅައް ތެދުވެ،އެމް.ޑީ.ޕީގެ ފަރާތުން ކުރަމުންދިންދިޔަ އިހްތިޖާޖްތަކަކީ ދިވެހިރާއްޖޭގެ ޤާނޫންއަސާސީ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރެއްވި އަގުހުރި މަސައްކަތެއްގެ ގޮތުގައި ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.މި އިހްތިޖާޖްތަކުންނާއި އެމް.ޑީ.ޕީގެ ޕާރލިމެންޓްރީ ގްރޫޕްގެ ނިންމުންތަކުން އެމް.ޑީޕީގެ އެކިއެކި ދާއިރާތައް ތަމްސީލް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައި ގަންނަވާ އެންމެހާ މެންބަރުންނަށް މިމައްސަލާގައި އެމް.ޑީ.ޕީގެ ވިސްނުން ހުރިގޮތަކީ ކޮމައިކަން ސާފުކޮށް އެގިވަޑައިގަންނަވަނެއެވެ.ހަމަ އެޔާއިއެކު ފަޑިޔާރުން ވަކިކުރުމަށް މަޖިލީހުގައި ނަގާވޯޓުގައި އަމަލު ކުރަންވީ ގޮތް ބަޔަންކޮށް ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް މި ވިޕް ލައިން އާއި ހިލާފަށް އަމަލު ކުރައްވާ ކޮންމެ މެންބަރަކީ ރާއްޖޭގެ ޤާނޫނު އަސާސީއަށް ފާޅުގައި ގޮންޖައްސަވާ އެމއންބަރުން ތަމްސީލު ކުރައްވަމުން ގެންދަވާ ދާއިރާގެ މެމްބަރުންގެ އިހުސާސްތައް ފުޑުފުޑު ކޮށްލުމަށް ހިންގާފައިވާ އިންތިހާ ދަރަޖައިގެ ނާތަހުޡީބު އަމަލެކެވެ.
އެގޮތުން ވައިކަރަދޫ ދާއިރާ އިއްޒައްތެރި މެމްބަރު މުޙައްމަދު ނާޒިމް އެދާއިރާގެ މެމްބަރުންގެ އިހުސާސްތަކަށް ކުޑަވެސް ބެލުމެއް ނެތި އަމިއްލަ މަސްލަހަތު އިސްކޮށް 14/12/14ގައި ސްޕްރީމް ކޯޓުގެ ދެ ފަޑިޔާރުން ވަކިކުރުމަށް ބޭއްވި ޖަލްސާއަށް ހާޒިރު ނުވުމަކީ ޕާޓީގެ ވިޕްލައިން އާއި ހިލާފްވުމުގެ އިތުރަށް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް ގަޑުބަޑުކޮށްލުމަށް ހިންގެވި އަމަލެއް ކަމުގައި ދެކި އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.