“ފަންޑްފޮށި ސަރުކާރު އިސްތިއުފާ” އެމް.ޑީ.ޕީގެ ޖަލްސާއެއް ޑިސެމްބަރު 11 ވާ ބުރާސްފަތި ދުވަހު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ބާއްވާ ޖަލްސާއެއް މިއަންނަ ބުރާސްފަތި(11.12.14) ދުވަހުގެ ރޭ 21:00ގައި ކާނިވާ ސަރަހައްދުގައި އޮންނާނެއެވެ.މާލޭގެ ރައްޔިތުން ފެނަށްޖެހިފައިވާ މިދަނޑިވަޅުގައި ސަރުކާރުން ދަނީ ރައްޔިތުނަށް ބޭނުންވާ ފެނުގެ އަސާސީ ހިދުމަތް ފޯރުކޮށް ދިނުމުގެ ބަދަލުގައި ފަންޑް ފޮށި ހުޅުވައި ގިނަ އަދަދެއްގެ ފައިސާ ނަގަމުންނެވެ.
މާލޭގައި ފެނުގެ ހިދުމަތް ކެނޑިފައި ހުންނަތާ މިއަދަށް 8 ދުވަސް ވެފައި ވާއިރު އަދިވެސް ސަރުކާރުން މިމައްސަލައަށް އެއްވެސް ހައްލެއް ހޯދައި ދިނުމަށް މަސައްކަތެއް ކުރާ މަންޒަރެއް ފެނިފައެއް ނުވެއެވެ.