އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އޮސްޓްރޭލިޔާގެ ލިބަރަލް ޕާޓީގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

Untitled

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަންގެ ނައިބް އަލީ ޝިޔާމް އޮސްޓްރޭލިޔާގެ ލިބަރަލް ޕާޓީގެ ދައުވަތަކަށް އޮސްޓްރޭލިޔާއަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.އޮސްޓްރޭލިޔާގެ ވިކްޓޯރިއަލް ސްޓޭޓް އިލެކްޝަންގައި ލިބަރަލް ޕާޓީ އޮފް އޮސްޓްރޭލިޔާގެ އޮބްޒާވަރަކަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އަލްފާޟިލް އަލީ ޝިޔާމް، 26 ނޮވެންބަރ 2014 ން 29 ނޮވެންބަރ 2014 ށް އޮސްޓްރޭލިޔާގެ މެލްބަންއަށް ވަޑައިގެން ވަނީ އޮސްޓްރޭލިޔާގެ ލިބަރަލް ޕާޓީގެ ކެމްޕެއިން ހެޑްކުއާޓާރސް އަށާއި އިންތިޙާބާއި ގުޅޭ އެހެނިހެން އިދާރާތަކަށް ވެސް ޒިޔާރަތް ކުރަށްވާފައެވެ.

މިދަތުރުފުޅަކީ ލިބަރަލް ޕާޓީ އޮފް އޮސްޓްރޭލިޔާގެ ފަރާތުން އެމް.ޑީ.ޕީއަށް ލިބިގެންދިޔަ ދައުވަތަކަށް ޕާޓީގެ ޗެއާރޕާރސަންގެ ނައިބު އޮސްޓްރޭލިއާއަށް ކުރެއްވި ދަތުރުފުޅެކެވެ.