އެމްޑީޕީގެ ކަންމަތީ ބައްދަލުވުން މިރޭ މާކަރީ ލައިޓް ކަންމަތިން ނަލަހިޔާ ކައިރިން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ފަށާފައިވާ ކަންމަތީ ބައްދަލުވުންތަކުގެ ސިލްސިލާގެ ތެރެއިން މިރޭ މާކަރީ ލައިޓް ކަންމަތި،ނަލަހިޔާކައިރީގައި އޮންނާނެއެވެ.މިރޭގެ ކަންމަތީ ބައްދަލުވުމުގައި އެމް.ޑީ.ޕީގެ ލީޑާރޝިޕްގެ އިސްވެރިންގެ އިތުރުން ޕާޓީގެ އިސް ހަރަކާތްތެރިންވެސް ބައިވެރިވާނެއެވެ.

28ވަނަ ދުވަހު އެމް.ޑީ.ޕީގެ ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ފަރާތުން މިވަނީ މަގުމަތީގެ ހަރަކާތްތައް ކުރިޔަށް ވުރެން އިތުރަށް ފުޅާކޮށްފައެވެ.އެގޮތުން މިދިޔަ 24ނޮވެމްބަރު ވީ ހޯމަ ދުވަހު ވަނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައިވެސް ކަންމަތީ ބައްދަލުވުމެއް ބާއްވައިފައެވެ.