MDP/2014/061
ވަޒީފާގެ ފުރުޞަތު
މިޕާޓީގެ، ޤައުމީ ސެކްރެޓޭރިއަޓްއަށް ތިރީގައި މިދަންނަވާ މަގާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.
އަމީން އާންމު (ސެކްރެޓަރީ ޖެނެރަލް)
ބޭނުންވާ އަދަދު: 1
ފެންވަރު ނުވަތަ ޝަރުތު:މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވަރސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައި ވުން.
މުސާރަ: ދެ ފަރާތް އެއްބަސްވާ އަގެއް
އަމީން އާންމުގެ ނައިބު (ޑެޕިއުޓީސެކްރެޓަރީ ޖެނެރަލް)
ބޭނުންވާ އަދަދު: 1
ފެންވަރު ނުވަތަ ޝަރުތު: ރަގަޅު ތައުލީމެއް ލިބިފައިވުމާއިއެކު މަސައްކަތުގެ ދާއިރާއިން ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
މުސާރަ: ދެ ފަރާތް އެއްބަސްވާ އަގެއް
މިމަޤާމްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 27 ނޮވެމްބަރ 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12.00ގެ ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ސިޓީއާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު: ފޯން 3340044، ފެކްސް 3322960، އީމެލްއިލް:secretariat@mdp.org.mv
20 ނޮވެމްބަރ 2014