އެމް.ޑީ.ޕީ ގެ އަމީން ޢާންމުގެ ނައިބް އިސްތިޢުފާ ދެއްވުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ އަމީން ޢާންމުގެ ނައިބްގެ މަޤާމުގައި ހުންނެވި އަޙްމަދު އަކުރަމް އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

އަޙްމަދު އަކުރަމް މި ޕާރޓީގެ އަމީން ޢާންމުގެ ނައިބްގެ މަޤާމުގައި ހޭދަކުރެއްވި ދުވަސްތަކުގައި މި ޕާރޓީއަށް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށް މި ޕާރޓީން އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.

19 ނޮވެމްބަރ 2014