އަމީންއާއްމުކަމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްޕުޅުތަކަށް ޝުކުރު ދެއްނެވުން

noosbayan

މި ޕާޓީގެ އަމީންއާއްމު ކަމުގައި ހުންނެވި ޝާޒްލީ ޝަފީޤު 13 ނޮވެމްބަރ 2014 ވަނަ ދުވަހު ވަނީ މި ޕާޓީގެ އަމީންއާއްމު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޝާޒްލީ ޝަފީގަކީ 21 ޖުލައި 2012 އިން ފެށިގެން މި ޕާޓީގެ އަމީންއާއްމު ކަމުގައި ހުންނަވައިގެން ނުހަނު އިޚްލާސްތެރިކަމާއި އެކު އަގުހުރި ގިނަގުނަ މަސައްކަތްޕުޅުތަކެއް މިޕާޓީއަށް ކޮށްދެއްވާފައިވާ ބޭފުޅުކެވެ. ޝާޒްލީ ޝަފީޤު މި ޕާޓީގެ އަމީންއާއްކު ކަމުގައި ހުންނަވައިގެން ކޮށްދީފައިވާ އަގުހުރި މަސައްކަތްޕުޅު ތަކުގެ އަގު ވަޒަންކޮށް އިޚްލާސްތެރިކަމާއި އެކު މި ޕާޓީން ޝުކުރު ދަންނަވަމެވެ.