އަލުން ތާޒާކޮށް އެކުލަވާލެވުނު އެމް.ޑީ.ޕީ.ގެ ކޮމެޓީ ތަކަށް ހޮވިވަޑައިގަތް މުޤައްރިރުންނާއި ނައިބު މުޤައްރިރުންގެ ނަންފުޅުތައް އިޢުލާންކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ އަސާސީ ޤަވާޢިދުގައި ބުނާ ކޮމެޓީތައް އަލުން ތާޒާކޮށް އެކުލަވާލުމަށްފަހު، ކޮމެޓީތަކަށް ހޮވިވަޑައިގަތް މުޤައްރިރުންނާއި ނައިބު މުޤައްރިރުންްގެ ނަންފުޅުތައް މިއަދު އިޢުލާންކުރައްވައިފިއެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަލުން ތާޒާކޮށް އެކުލަވާލެވުނު އެމް.ޑީ.ޕީގެ 19 ކޮމެޓީގެ މުޤައްރިރުނާއި ނައިބު މުޤައްރިރުންްގެ ނަންފުޅުތައް އިޢުލާންކުރައްވާފައި ވަނީ، އިއްޔެއާއި ރޭ ބޭއްވެވި އެ ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ކޮންމެ ކޮމެޓީއަކުން ވެސް އެކޮމެޓީއެއްގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމަށްފަހުގައެވެ.

އަލުން ތާޒާކޮށް އެކުލަވާލެވުނު 19 ކޮމެޓީއާއި އެކޮމެޓީތަކަށް ހޮވިވަޑައިގަތް މުޤައްރިރުނާއި ނައިބު މުޤައްރިރުންނަކީ:

1. އިންތިޚާބާއިބެހޭ ކޮމިޓީ
މުޤައްރިރު: އިބްރާޙިމް ވަޙީދު . ނައިބް މުޤައްރިރު: މުޙައްމަދު ރަޝީދު ޙުސައިން

2. ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއިބެހޭ ކޮމެޓީ
މުޤައްރިރު: ޙުސެއިން އަމްރު . ނައިބް މުޤައްރިރު: އިލްޔާސް ލަބީބް

3. ސިއްޙަތާއި ވެލްފެއާރ އާ ކޮމެޓީ
މުޤައްރިރު: ރޮޒައިނާ އާދަމް . ނައިބް މުޤައްރިރު: އަޙްމަދު އަބްދުﷲ

4. ދަތުރުފަތުރާއިބެހޭ ކޮމެޓީ
މުޤައްރިރު: ޑރ.އަޙްމަދު ޝަމްހީދު . ނައިބް މުޤައްރިރު: އިބްރާހިމް ރަޝީދު އަބޫބަކުރު

5. ގެދޮރާއިބެހޭ ކޮމެޓީ
މުޤައްރިރު: މުޙައްމަދު އަސްލަމް . ނައިބް މުޤައްރިރު: މޫސާ ޚަލީލް

6. ބައިނަލްއަޤުވާމީ ގުޅުންތަކާއިބެހޭ ކޮމެޓީ
މުޤައްރިރު: އަބްދުﷲ ޝާޙިދު . ނައިބް މުޤައްރިރު: އަޙްމަދު ނަސީމް

7. އިޤްތިޞާދީ ކަންކަމާއިބެހޭ ކޮމެޓީ
މުޤައްރިރު: އަޙްމަދު ތަސްމީން ޢަލީ . ނައިބް މުޤައްރިރު: އިބްރާހިމް އަމީރު

8. ސަލާމަތާއިބެހޭ ކޮމެޓީ
މުޤައްރިރު: އިބްރާޙިމް މުޙައްމަދު ދީދީ . ނައިބް މުޤައްރިރު: މުޙައްމަދު ރަޝީދު ޙުސައިން

9. އިންތިޒާމްކުރުމާއިބެހޭ ކޮމެޓީ
މުޤައްރިރު: މުޙައްމަދު ޒިޔާދު . ނައިބް މުޤައްރިރު: ޢަބްދުލް މަޖީދު ޢަބްދުލް ޝަމީމް

10. މަސްވެރިކަމާއި ދަނޑުވެރިކަމާއި ޤުދުރަތީ ވަސީލަތްތަކާ ބެހޭ ކޮމެޓީ
މުޤައްރިރު: އިބްރާހިމް ރަޝީދު . ނައިބް މުޤައްރިރު: މުޙައްމަދު ޔޫސުފް ފުޅު

11. މެމްބަރޝިޕާއި ކެމްޕޭން ކޮމެޓީ
މުޤައްރިރު: ޢަލީ ޝިޔާމް . ނައިބް މުޤައްރިރު: މަރިޔަމް ސީނާ

12. ޤާނޫނީކަންކަމާ ބެހޭ ކޮމެޓީ
މުޤައްރިރު: އަޙްމަދު އަބްދުﷲ އަފީފް . ނައިބް މުޤައްރިރު: އަޙްމަދު މައުރޫފް

13. މަސައްކަތާއި އިޖްތިމާޢީ ޚިދުމަތްތަކާއިބެހޭ ކޮމެޓީ
މުޤައްރިރު: ޙަސަން ލަޠީފް . ނައިބް މުޤައްރިރު: އަޙްމަދު އާދިލް

14. މީޑިއާ ކޮމެޓީ
މުޤައްރިރު: އިމްތިޔާޒު ފަހުމީ . ނައިބް މުޤައްރިރު: އައިމިނަތު ޝައުނާ

15. ތަޢުލީމާއިބެހޭ ކޮމެޓީ
މުޤައްރިރު: ޑރ.މުސްޠަފާ ލުޠްފީ . ނައިބް މުޤައްރިރު: ޝަފިއްޔާ ޒުބެއިރު

16. މާލިއްޔަތާއި ޗަންދާ ކޮމެޓީ
މުޤައްރިރު: ޢަލީ ނިޔާޒް . ނައިބް މުޤައްރިރު: އިސްމާޢިލް ޝަފީޢު

17. ޙައްޤު ކޮމެޓީ
މުޤައްރިރު: ޙިސާން ޙުސައިން . ނައިބް މުޤައްރިރު: ޝަމާއު ޝަރީފް

18. ފިޔަވަޅު އަޅާ ކޮމެޓީ
މުޤައްރިރު: މުޙައްމަދު ޝިފާޒް . ނައިބް މުޤައްރިރު: ޝުޢައިބު ޢަލީ

19. އިސްތިޢުނާފުގެ ފަނޑިޔާރު މަޖިލިސް
މުޤައްރިރު: ފަރީޝާ ޢަބްދުﷲ . ނައިބް މުޤައްރިރު: މުޙައްމަދު މާޙިރު ޢީސާ

6 ނޮވެމްބަރ 2014