ގ.ކޮނޑޭ ކައުންސިލްގެ ބައި އިލެކްޝަން އަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ގއ ކޮނޑޭ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ،ފަރާތްތަކައް އެފުރުސަތު ހުޅުވާލައިފިއެވެ.މި ބައި އިލެކްޝަންގައި ބައިވެރިވެލައްވާ ފަރާތްތަކުން 13 ނޮވެމްބަރ 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަން ކޮމިޝަނަށް ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަ ކުރުމައްފަހު މިކަމަށްއެދޭ ފޯމް ފުރިހަމަކޮށް އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުމަށް ވަނީ އެމް.ޑީ.ޕީން އިއުލާން ކޮށްފައެވެ.

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ 15 ނޮވެމްބަރ 2014 ވާ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި އެމް.ޑީ.ޕީން ހާމަކުރެއެވެ.