އެމް.ޑީ.ޕީ. ގެ ހިންގާ ކޮމެޓީގެ 175 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) ގެ ހިންގާ ކޮމެޓީގެ 175 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. ހިންގާ ކޮމެޓީގެ މި ބައްދަލުވުމުގައި ސެކްރެޓޭރިއޭޓުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ދެއްވާ މަޢުލޫމާތު ޙިއްޞާކުރައްވާފައިވެއެވެ. މީގެއިތުރުން މި ޕާރޓީގެ ދާއިމީ ބައެއް ކޮމެޓީތަކަށް ކަނޑައެޅިފައިވާ މެމްބަރުން އެންޑޯޒްކުރެއްވުމުގެ މަސައްކަތް ވެސް މިއަދުގެ މި ބައްދަލުވުމުގައި ނިންމަވާފައިވެއެވެ.
ހިންގާ ކޮމެޓީގެ 175 ވަނަ ބައްދަލުވުމުގެ މިއަދުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ޕާރޓީގެ ޗެއަރޕާރސަން ޢަލީ ވަޙީދެވެ.

28 އޮކްޓޯބަރ 2014