އިނގިރޭސި ޕާރލަމެންޓުން ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމުގައި ބެލުމަށް ދާޢީދުކޮށް ފާސްކުރިކުރުމަށް މަރުޙަބާ ކިޔުން

noosbayan

އިނގިރޭސިވިލާތުގެ ޕާރލަމެންޓުގެ ތަނަވަސް އަޣްލަބިއްޔަތަކުން، ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމުގައި އިނގިރޭސި ސަރުކާރުން ބެލުމަށް ދާޢީދުކޮށް ފާސްކޮށްފައިވާތީ އެކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މަރުޙަބާ ކިޔަމެވެ.

ފަލަސްތީނުގެ ދައުލަތް ޤަބޫލުކުރުމަށް އިނގިރޭސިވިލާތުގެ ޕާރލަމެންޓުން ތާޢީދުކޮށް ފާސްކުރި ކުރުމަކީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އެ ޤައުމުގެ ރައްޔިތުން ކުރަމުންދާ ވޭންހުރި ބޮޑު މަސައްކަތަށާއި އެ ޤައުމުގެ ރައްޔިތުންގެ ޙައްޤަށްޓަކައި ލިބިގެން ދިއަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މި ޕާރޓީން ދެކެމެވެ.

އަދި އެކަމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އޮތުމަށް އަބަދުވެސް ތާޢީދުކުރާ ސިޔާސަތެއްގެ މައްޗަށް އެކުލެވިގެންވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ(އެމް.ޑީ.ޕީ) އާއި، އެންމެހައި ދިވެހި ރައްޔިތުންނާއި އަދި ދުނިޔޭގެ އެންމެހައި މުސްލިމުންނާއި މިނިވަންކަމަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކަށް ލިބިގެންދިއަ ހިތްހަމަޖެހުމަކާއި އުފަލެކެވެ.

14 އޮކްޓޯބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް