އިންޑިއާގެ ޕާލަމެންޓް މެންބަރ ޝަޝީ ތަރޫރް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

20 ސެޕްޓެމްބަރ 2010

4

އިންޑިއާގެ ޕާލަމެންޓް މެންބަރެއް ކަމުގައިވާ ޝަޝީ ތަރޫރް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާ އާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޝަޝީ ތަރޫރް ރާއްޖެ މިވަޑައިގަތީ އަމިއްލަފުޅު ދަތުރުފުޅެއްގައެވެ.